ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދުކޮށްދޭނެ 2 ޙާފިޡަކު ހޯދަން
ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދުކޮށްދޭނެ 2 ޙާފިޡަކު ހޯދަން ބޭނުންވެއްޖެ.
1437 ވަނަ އަހަރު ރަމަޟާންމަހު ގދ. މަޑަވެލީ މަސްޖިދުލްބަރަކާތުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދުކޮށްދޭނެ 2 ޙާފިޡަކު ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަން ކޮށްދެއްވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތްތަކާއިއެކު 24 މާރިޗް 2016 ވަނަ ދުވަހުގެ 14:00 ގެކުރިން މަޑަވެލީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
- ޙިފްޡުކޮށް (މުޞްޙަފް އެކީ ނުބަލައި) އިމާމުވެ ތަރާވީޙުނަމާދު ކޮށްދޭނެ ބޭފުޅެއްގެ މުސާރައާއި އެކޮމަޑޭޝަން އަދި ދަތުރު ޚަރަދު.
- ޙިފްޡުކޮށް (މުޞްޙަފް އެކީގައި ނުބަލައި) އިމާމުވެ ތަރާވީޙުނަމާދު ކޮށްދޭނެ ބޭފުޅެއްގެ ނަމާއި އެޑްރެސް އަދި އައިޑެންޓިޓީކާޑުގެ ފޮޓޯކޮޕީ.
- ޙިފްޡުކޮށް (މުޞްޙަފް އެކީގައި ނުބަލައި) އިމާމުވެ ތަރާވީޙުނަމާދު ކުރެވޭނެ ފަރާތެއްކަން ބަޔާންކޮށްދޭ ކިޔަވައިދޭ މަރުކަޒަކުން ދީފައިވާ ލިޔުމެއް.
- ޙާފިޡުކަމުގެ ސެޓުފިކެޓުގެ ކޮޕީއެއް.
- ރާއްޖޭގައި އުޅޭ ބިދޭސީއެއްނަމަ އެމީހެއްގެ ވާރކްވިސާގެ ކޮޕީ އަދި ޙާފިޡުކަމުގެ ސެޓުފިކެޓުގެ ކޮޕީ.
- ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދު ކުރެވޭނެ ދިވެހި ޙާފިޡުންނަށް އިސްކަންދެވޭނެއެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި 6840006 ނުވަތަ 9966969 އާ ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
14 މާރިޗު 2016
ހޯދާ