މަސައްކަތް
ނަންބަރު: (IUL)416-ESMED/416/2016/20
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 17:50
ސުންގަޑި: 24 މާރިޗު 2016 14:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދުކޮށްދޭނެ 2 ޙާފިޡަކު ހޯދަން

ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދުކޮށްދޭނެ 2 ޙާފިޡަކު ހޯދަން ބޭނުންވެއްޖެ.

1437 ވަނަ އަހަރު ރަމަޟާންމަހު ގދ. މަޑަވެލީ މަސްޖިދުލްބަރަކާތުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދުކޮށްދޭނެ 2 ޙާފިޡަކު ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަން ކޮށްދެއްވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތްތަކާއިއެކު 24 މާރިޗް 2016 ވަނަ ދުވަހުގެ 14:00 ގެކުރިން މަޑަވެލީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

  1. ޙިފްޡުކޮށް (މުޞްޙަފް އެކީ ނުބަލައި) އިމާމުވެ ތަރާވީޙުނަމާދު ކޮށްދޭނެ ބޭފުޅެއްގެ މުސާރައާއި އެކޮމަޑޭޝަން އަދި ދަތުރު ޚަރަދު.
  2. ޙިފްޡުކޮށް (މުޞްޙަފް އެކީގައި ނުބަލައި) އިމާމުވެ ތަރާވީޙުނަމާދު ކޮށްދޭނެ ބޭފުޅެއްގެ ނަމާއި އެޑްރެސް އަދި އައިޑެންޓިޓީކާޑުގެ ފޮޓޯކޮޕީ.
  3. ޙިފްޡުކޮށް (މުޞްޙަފް އެކީގައި ނުބަލައި) އިމާމުވެ ތަރާވީޙުނަމާދު ކުރެވޭނެ ފަރާތެއްކަން ބަޔާންކޮށްދޭ ކިޔަވައިދޭ މަރުކަޒަކުން ދީފައިވާ ލިޔުމެއް.
  4. ޙާފިޡުކަމުގެ ސެޓުފިކެޓުގެ ކޮޕީއެއް.
  5. ރާއްޖޭގައި އުޅޭ ބިދޭސީއެއްނަމަ އެމީހެއްގެ ވާރކްވިސާގެ ކޮޕީ އަދި ޙާފިޡުކަމުގެ ސެޓުފިކެޓުގެ ކޮޕީ.
  6. ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދު ކުރެވޭނެ ދިވެހި ޙާފިޡުންނަށް އިސްކަންދެވޭނެއެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި 6840006 ނުވަތަ 9966969 އާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

14 މާރިޗު 2016