ދިވެހިރާއްޖެ
އިޢުލާން
ރިލީފް ޓީޗަރގެ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއްޖެ:
މި ސްކޫލުން 25 ފެބުރުވަރީ 2016 ގައި ކޮށްފައިވާ GS66/IUL/2016/10 ނަންބަރުގެ އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލައިފައި ނުވާތީ، އަލުން އިޢުލާން ކުރީމެވެ.
މަޤާމް: ރިލީފް ޓީޗަރ (މި ސްކޫލުގެ ޕްރައިމަރީ ކްލާސްތަކަށް)
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ޝަރުޠު:
ޝަރުޠު |
މުސާރަ (މަހަކު) |
ސަރވިސް އެލަވަންސް (މަހަކު) |
ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން |
-/4،500 ރުފިޔާ |
-/1،500 ރުފިޔާ |
ނުވަތަ
މަތީސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން |
-/5،500 ރުފިޔާ |
-/1،500 ރުފިޔާ |
ނުވަތަ
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން |
-/6،090 ރުފިޔާ |
-/2،500 ރުފިޔާ |
ނޯޓް:
މި މަޤާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި 2 ސެޝަނުގައިވެސް މަސައްކަތްކުރަން ޖެހޭނެއެވެ.
ސުންގަޑި:
ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 މާރަިޗު 20 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ސްކޫލަށް ސިޓީ ހުށަހެޅުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
1. ވަޒީފާއަށް އެދޭ ސިޓީ.
2. ވަޒީފާއަށް އެދޭ ފަރާތުގެ ސީވީ.
3. މަސައްކަތުގެ ތަޖުރިބާ ހުރިނަމަ، މަސައްކަތް ކުރި ތަންތަނުގެ ލިޔުން.
4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)
5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
1 ޖުމާދަލްއާޚިރާ 1437