ވަޒީފާގެ ފުރުޞަތު
ނަންބަރު: GS66/IUL/2016/10
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 20 މާރިޗު 2016 14:00
ތޮއްޑޫ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

އިޢުލާން

ރިލީފް ޓީޗަރގެ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއްޖެ:

މި ސްކޫލުން 25 ފެބުރުވަރީ 2016 ގައި ކޮށްފައިވާ GS66/IUL/2016/10 ނަންބަރުގެ އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލައިފައި ނުވާތީ، އަލުން އިޢުލާން ކުރީމެވެ.

މަޤާމް: ރިލީފް ޓީޗަރ (މި ސްކޫލުގެ ޕްރައިމަރީ ކްލާސްތަކަށް)

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠު:

ޝަރުޠު

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން

-/4،500 ރުފިޔާ

-/1،500 ރުފިޔާ

ނުވަތަ

މަތީސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން

-/5،500 ރުފިޔާ

-/1،500 ރުފިޔާ

ނުވަތަ

ކިޔަވައިދިނުމުގެ  ރޮނގުން  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން

-/6،090 ރުފިޔާ

-/2،500 ރުފިޔާ

ނޯޓް:

މި މަޤާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި 2 ސެޝަނުގައިވެސް މަސައްކަތްކުރަން ޖެހޭނެއެވެ.

ސުންގަޑި:

ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 މާރަިޗު 20 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ސްކޫލަށް ސިޓީ ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި: 

1. ވަޒީފާއަށް އެދޭ ސިޓީ.

2. ވަޒީފާއަށް އެދޭ ފަރާތުގެ ސީވީ.

3. މަސައްކަތުގެ ތަޖުރިބާ ހުރިނަމަ، މަސައްކަތް ކުރި ތަންތަނުގެ ލިޔުން.

4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)

5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

1 ޖުމާދަލްއާޚިރާ 1437

10 މާރިޗު 2016