ދިވެހިރާއްޖެ
އިޢުލާން
ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ރ. އުނގޫފާރުގައި ހިންގާ ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ ގޮތްޕަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް ރިސޯސް މީހުން ހޯދުމަށް ބޭނުންވެއެވެ.
މަޤާމު: ޤުރްއާން މުދައްރިސް
ބޭނުންވާ އަދަދު: 1
މުސާރަ: އެމް. ކިޔު. އޭ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/200 ރުފިޔާ
އެމް. ކިޔު. އޭ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/250 ރުފިޔާ
ޝަރުޠު: ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން
މުއްދަތު: ކޮންޓްރެކްޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރީމެންޓްކުރެވޭނީ 6 މަސްދުވަހުގެ މުއްދަތަށެވެ.
6 މަސްދުވަސް ހަމަވުމުން، ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 18 މަސްދުވަހަށް އިތުރުކުރެވިދާނެއެވެ.
މަޤާމު: ސްޕަވައިޒަރ
ބޭނުންވާ އަދަދު: 1
މުސާރަ: މަސައްކަތްކުރާ ކޮންމެ ޕީރިއަޑަކަށް -/100 ރުފިޔާ
ޝަރުޠު: ޓީޗިންގ ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުމާއެކު، ސްކޫލެއް ހިންގުމުގެ ދާއިރާއިން 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
މުއްދަތު: ކޮންޓްރެކްޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރީމެންޓްކުރެވޭނީ 6 މަސްދުވަހުގެ މުއްދަތަށެވެ.
6 މަސްދުވަސް ހަމަވުމުން، ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 18 މަސްދުވަހަށް އިތުރުކުރެވިދާނެއެވެ.
ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2016 މާރިޗު 15 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު މި މަރްކަޒަށް ސިޓީފޮނުއްވުން އެދެމެވެ.
27 ޖުމާދަލްއޫލާ 1437