ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-A/1/2016/35
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 17:27
ސުންގަޑި: 15 މާރިޗު 2016 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ރިސޯސް ޤުރްއާން މުދައްރިސަކާއި ރިސޯސް ސްޕަވައިޒަރެއް ހޯދުމަށް

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ރ. އުނގޫފާރުގައި ހިންގާ ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ ގޮތްޕަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް ރިސޯސް މީހުން ހޯދުމަށް ބޭނުންވެއެވެ.

މަޤާމު:             ޤުރްއާން މުދައްރިސް

ބޭނުންވާ އަދަދު:       1

މުސާރަ:            އެމް. ކިޔު. އޭ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/200 ރުފިޔާ

                އެމް. ކިޔު. އޭ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/250 ރުފިޔާ

ޝަރުޠު:            ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

މުއްދަތު:            ކޮންޓްރެކްޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރީމެންޓްކުރެވޭނީ 6 މަސްދުވަހުގެ މުއްދަތަށެވެ.

                6 މަސްދުވަސް ހަމަވުމުން، ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 18 މަސްދުވަހަށް އިތުރުކުރެވިދާނެއެވެ.

މަޤާމު:            ސްޕަވައިޒަރ

ބޭނުންވާ އަދަދު:       1

މުސާރަ:           މަސައްކަތްކުރާ ކޮންމެ ޕީރިއަޑަކަށް -/100 ރުފިޔާ

ޝަރުޠު:           ޓީޗިންގ ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުމާއެކު، ސްކޫލެއް ހިންގުމުގެ ދާއިރާއިން 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

މުއްދަތު:           ކޮންޓްރެކްޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރީމެންޓްކުރެވޭނީ 6 މަސްދުވަހުގެ މުއްދަތަށެވެ.

               6 މަސްދުވަސް ހަމަވުމުން، ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 18 މަސްދުވަހަށް އިތުރުކުރެވިދާނެއެވެ.

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2016 މާރިޗު 15 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު މި މަރްކަޒަށް ސިޓީފޮނުއްވުން އެދެމެވެ.

27 ޖުމާދަލްއޫލާ 1437

09 މާރިޗު 2016