ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމުގެ ނަން: މަސައްކަތު
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސް. އެސް. 1
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 3
ބޭނުންވާ އަދަދު: 2 (ދޭއް)
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ބ. ގޮއިދޫ ސްކޫލް
މުސާރަ: -/3،950 ރުފިޔާ
ސަރވިސް އެލަވަންސް: -/1،050 ރުފިޔާ
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާފަދަ ސިވިލް ސަރވިސްގެ ގަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ. |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބު: |
ސްކޫލްތެރެ ފޮޅައި ސާފުކުރުން. |
މަޤާމުގެ ޝަރުޠުތައް: |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1- ލިބިފައިވާ ތަޢުލީމާއި ތަމްރީން. 2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ. 3- މަސައްކަތުގެ ހުނަރާއި ޤާބިލުކަން. |
އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު: |
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިޔުއާއި ޕްރެކްޓިކަލްސް، 20 މާރިޗު 2016 އާއި 24 މާރިޗު 2016 އާ ދެމެދުގެ ތާރީޚެއްގައި ބ. ގޮއިދޫ ސްކޫލުގައި އޮންނާނެއެވެ. - މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މި މަޤާމަށް ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭކަމުގެ ސިޓީ، 2016 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12.00 ގެ ކުރިން، ބ. ގޮއިދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.) ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، ޢަމަލުކުރަންވީ ގޮތް: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލުގެ 6600014 ނަންބަރު ފޯނާ ގުޅައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ. |
27 ޖުމާދަލްއޫލާ 1437