ވަޒީފާގެ ފުރުޞަތު
ނަންބަރު: GS 139/2016/09
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 10:47
ސުންގަޑި: 17 މާރިޗު 2016 12:00
ބ. ގޮއިދޫ ސްކޫލް، ބ. ގޮއިދޫ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން: މަސައްކަތު

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 3

ބޭނުންވާ އަދަދު: 2 (ދޭއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ބ. ގޮއިދޫ ސްކޫލް

މުސާރަ: -/3،950 ރުފިޔާ

ސަރވިސް އެލަވަންސް: -/1،050 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާފަދަ ސިވިލް ސަރވިސްގެ ގަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބު:

ސްކޫލްތެރެ ފޮޅައި ސާފުކުރުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި ޤާބިލުކަން.

އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިޔުއާއި ޕްރެކްޓިކަލްސް، 20 މާރިޗު 2016 އާއި 24 މާރިޗު 2016 އާ ދެމެދުގެ ތާރީޚެއްގައި ބ. ގޮއިދޫ ސްކޫލުގައި އޮންނާނެއެވެ.

- މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މި މަޤާމަށް ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭކަމުގެ ސިޓީ، 2016 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12.00 ގެ ކުރިން، ބ. ގޮއިދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ.  

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، ޢަމަލުކުރަންވީ ގޮތް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލުގެ 6600014 ނަންބަރު ފޯނާ ގުޅައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ.

27 ޖުމާދަލްއޫލާ 1437

07 މާރިޗު 2016