ދިވެހިރާއްޖެ
އާޓްކޭމްޕާއި ގުޅޭ
ބ.ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ނ.ކުޑަފަރި ޔޫތު އެސޯސިއޭޝަންއާއި ގުޅިގެން އާޓްކޭމްޕެއް ބ.ގޮއިދޫގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިކޭމްޕްގައި މިރަށުގައި ދިރިއުޅޭ ކުދިބޮޑު އެންމެންނަށްވެސް ބައިވެރި ވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. މިކޭމްޕް ކުރިއަށް ގެންދެވޭނީ ހަތަރު ދުވަހުގެ މުއްދަތަކަށެވެ. މިކޭމްޕްގައި ބައިވެރިވާން ބޭނުންވާ އެންމެހާ ފަރާތްތަކުންވެސް 01 ޑިސެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 09.00ގެ ކުރިން އ.ތ.މ ކޮމެޓީގެ ރައީސް ޒުލައިޚާ އިބްރާހީމް (ފޯންނަންބަރ 9199134) އާއި ގުޅައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. މިކޭމްޕަކީ ފުރީކޮށް ބައިވެރިވެވޭނެ ކޭމްޕްއެކެވެ. މިކޭމްޕް ކުރިއަށްދާނީ 05 ޑިސެމްބަރ 2026 ވާ ހޮނިހިރު ދުވަހުން ފެށިގެން 08 ޑިސެމްބަރ 2026 ވާ އަންގާރަދުވަހުގެ ނިޔަލަށެވެ.
އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 9171049، 9199134
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
