ޢާންމު މަޢުލޫމާތު
ނަންބަރު: WDC/ 2026/03
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި: 01 ޑިސެންބަރު 2026 09:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ހިންގާ އާޓްކޭމްޕާއި ގުޅޭ

އާޓްކޭމްޕާއި ގުޅޭ

        ބ.ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ނ.ކުޑަފަރި ޔޫތު އެސޯސިއޭޝަންއާއި ގުޅިގެން އާޓްކޭމްޕެއް ބ.ގޮއިދޫގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިކޭމްޕްގައި މިރަށުގައި ދިރިއުޅޭ ކުދިބޮޑު އެންމެންނަށްވެސް ބައިވެރި ވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. މިކޭމްޕް ކުރިއަށް ގެންދެވޭނީ ހަތަރު ދުވަހުގެ މުއްދަތަކަށެވެ. މިކޭމްޕްގައި ބައިވެރިވާން ބޭނުންވާ  އެންމެހާ ފަރާތްތަކުންވެސް 01 ޑިސެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 09.00ގެ ކުރިން އ.ތ.މ ކޮމެޓީގެ ރައީސް ޒުލައިޚާ އިބްރާހީމް (ފޯންނަންބަރ 9199134) އާއި ގުޅައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. މިކޭމްޕަކީ ފުރީކޮށް ބައިވެރިވެވޭނެ ކޭމްޕްއެކެވެ. މިކޭމްޕް ކުރިއަށްދާނީ 05 ޑިސެމްބަރ 2026 ވާ ހޮނިހިރު ދުވަހުން ފެށިގެން 08 ޑިސެމްބަރ 2026 ވާ އަންގާރަދުވަހުގެ ނިޔަލަށެވެ.

 

އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

          ފޯންނަމްބަރ :  9171049، 9199134

     މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.                          

26 ނޮވެންބަރު 2026