ދިވެހިރާއްޖެ
ހއ. އަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސައި، ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނުވެރިކަން އަށަގެންނެވުމާއެކު، ޤުރްއާން ކިޔެވުމުގެ މައިދާނުގައި ވާދަވެރިކަން އުފެއްދުމުގެ މަގުސަދުގައި، މި އިދާރާއިން އިންތިޒާމްކޮށްގެން {ރަސްތަރި} ގެ ނަމުގައި ކުރިޔަށް ގެންދާ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވާލަމެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2026 ޑިސެންބަރު 24 އިން 27 ގެ ނިޔަލަށް ހއ. އިހަވަންދޫގައެވެ. މުބާރާތުގެ ބައިވެރިންނަށް ކެއުމުގެ އިންތިޒާމްތައް މި އިދާރާއިން ހަމަޖައްސައިދެވޭނެއެވެ. ވީމާ، މުބާރާތުގައި ބައިވެރިވުމަށް އެދޭ ކައުންސިލްތަކުން މި އިޢުލާނާއެކު އާންމުކުރެވިފައިވާ ފޯމު 2026 ނޮވެންބަރު 30 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކު ރަސްތަރި ޤުރްއާން މުބާރާތުގެ ގަވާއިދު އާންމުކޮށްފައިވާނެއެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
