ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ESMSMS/248/2026/120
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 30 ނޮވެންބަރު 2026 12:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް 2026 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ހއ. އަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސައި، ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނުވެރިކަން އަށަގެންނެވުމާއެކު، ޤުރްއާން ކިޔެވުމުގެ މައިދާނުގައި ވާދަވެރިކަން އުފެއްދުމުގެ މަގުސަދުގައި، މި އިދާރާއިން އިންތިޒާމްކޮށްގެން {ރަސްތަރި} ގެ ނަމުގައި ކުރިޔަށް ގެންދާ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވާލަމެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2026 ޑިސެންބަރު 24 އިން 27 ގެ ނިޔަލަށް ހއ. އިހަވަންދޫގައެވެ. މުބާރާތުގެ ބައިވެރިންނަށް ކެއުމުގެ އިންތިޒާމްތައް މި އިދާރާއިން ހަމަޖައްސައިދެވޭނެއެވެ. ވީމާ، މުބާރާތުގައި ބައިވެރިވުމަށް އެދޭ ކައުންސިލްތަކުން މި އިޢުލާނާއެކު އާންމުކުރެވިފައިވާ ފޯމު 2026 ނޮވެންބަރު 30 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކު ރަސްތަރި ޤުރްއާން މުބާރާތުގެ ގަވާއިދު އާންމުކޮށްފައިވާނެއެވެ.

 މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 ނޮވެންބަރު 2026