މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް
ދިވެހިރާއްޖެ
އެޑްމިން އެންޑް އެޗްއާރު އެގްޒެކްޓިވް

ވަޒީފާގެ ފުރުޞަތު

: މަޤާމު

އެޑްމިން އެންޑް އެޗްއާރު އެގްޒެކެޓިވް

 މުސާރައާއި އެލަވަންސް:

  • އަސާސީ މުސާރަ: 11,620 ރުފިޔާ
  •  ޖޮބް އެލަވަންސް: 5،420 ރުފިޔާ
  • ހާޟިރީ އިނާޔަތް : 145 ރުފިޔާ (ދުވާލަކަށް)
  • ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 

 މަޤާމުގެ މަސްއޫލިއްޔަތުތައް:

  • ކުންފުނިން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ އަދި ލިބޭ ސިޓީ، ނޯޓް އަދި މެމޯފަދަ ލިޔުންތައް ތައްޔާރުކޮށް، ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުމާއި އެތަކެތީގެ ރަޖިސްޓްރީ ބެލެހެއްޓުން.
  • ކުންފުނީގެ އެކިއެކި ބައްދަލުވުންތަކުގެ ޔައުމިއްޔާ / ރެކޯޑްސް ތައްޔާރުކުރުކޮށް ބެލެހެއްޓުން
  • ކުންފުނީގެ އޮޕަރޭޝަނަލް ޕްރޮސީޖަރއާ އެއްގޮތަށް ޑިޕާރޓްމެންޓްގެ އެންމެހައި  މަސައްކަތްތައްކުރުން.
  • މުވައްޒަފުންގެ މުސާރއާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
  • މުވައްޒަފުންގެ ހާޟިރީ ދުވަހުން ދުވަހަށް އަޕްޑޭޓްކުރުމާއި، ޗުއްޓީއާއި ސަލާމުގެ ރިކޯޑު ބެލެހެއްޓުން.
  • ކުންފުންޏަށް މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އިޢުލާންތައް ކުރުމާއި، އިންޓަރވިއުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ރެކްރޫޓްމަންޓާ ގުޅޭ އެންމެހައި މަސައްކަތް ކުރުން .
  • މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ބެލެހެއްޓުމާއި އެޕްރައިޒަލްގެ އެންމެހައި މަސައްކަތްތަކެއް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން
  • ކުންފުނީގެ ހިޔުމަން ރިސޯސް ޕޮލިސީ ތަންފީޒުކުރުމުގެ އެންމެހައި މަސައްކަތްތަކެއް ކުރުން
  • ކުންފުނީގެ ބޯޑުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް، ކަމާގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން.
  • ކުންފުނީގެ މުދަލާއި ފައިސާ އަދި އެނޫންވެސް ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނުތަކާއި ޤަވާއިދުތަކާއި އަދި ކުންފުނީގެ އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުން.
  •  

 

މަޤާމުގެ ޝަރުތުތައް:

ތަޢުލީމު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން، ހިޔުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ކަމާގުޅޭ ދާއިރާއަކުން އެމް.އެން.ކިޔޫ.އެފް ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަސައްކަތު ތަޖުރިބާ:

  • މަސައްކަތާއ ގުޅޭ ދާއިރާއެއްގައި މަސައްކަތްކުރުމުގެ 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ސިޓީ އަދި ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތުކަތާއި، ވަޒީފާ އަދާކުރި  މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށްފެންނަ ސާފު ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

26 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް

 ނޯޓު :

  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ސިޓީއާއެކު ފޮނުވަންޖެހޭނެއެވެ.
  • މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު މަރުހަލާ ނިމުމުން، މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަގާމަށް ނުހޮވޭ ފަރާތްތަކަށް އެކަން އެންގޭނެއެވެ.  
21 ނޮވެންބަރު 2026
ހޯދާ