|
ވަޒީފާގެ ފުރުޞަތު
|
|
: މަޤާމު
|
އެޑްމިން އެންޑް އެޗްއާރު އެގްޒެކެޓިވް
|
|
މުސާރައާއި އެލަވަންސް:
|
- އަސާސީ މުސާރަ: 11,620 ރުފިޔާ
- ޖޮބް އެލަވަންސް: 5،420 ރުފިޔާ
- ހާޟިރީ އިނާޔަތް : 145 ރުފިޔާ (ދުވާލަކަށް)
- ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
|
މަޤާމުގެ މަސްއޫލިއްޔަތުތައް:
|
- ކުންފުނިން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ އަދި ލިބޭ ސިޓީ، ނޯޓް އަދި މެމޯފަދަ ލިޔުންތައް ތައްޔާރުކޮށް، ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުމާއި އެތަކެތީގެ ރަޖިސްޓްރީ ބެލެހެއްޓުން.
- ކުންފުނީގެ އެކިއެކި ބައްދަލުވުންތަކުގެ ޔައުމިއްޔާ / ރެކޯޑްސް ތައްޔާރުކުރުކޮށް ބެލެހެއްޓުން
- ކުންފުނީގެ އޮޕަރޭޝަނަލް ޕްރޮސީޖަރއާ އެއްގޮތަށް ޑިޕާރޓްމެންޓްގެ އެންމެހައި މަސައްކަތްތައްކުރުން.
- މުވައްޒަފުންގެ މުސާރއާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
- މުވައްޒަފުންގެ ހާޟިރީ ދުވަހުން ދުވަހަށް އަޕްޑޭޓްކުރުމާއި، ޗުއްޓީއާއި ސަލާމުގެ ރިކޯޑު ބެލެހެއްޓުން.
- ކުންފުންޏަށް މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އިޢުލާންތައް ކުރުމާއި، އިންޓަރވިއުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ރެކްރޫޓްމަންޓާ ގުޅޭ އެންމެހައި މަސައްކަތް ކުރުން .
- މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ބެލެހެއްޓުމާއި އެޕްރައިޒަލްގެ އެންމެހައި މަސައްކަތްތަކެއް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން
- ކުންފުނީގެ ހިޔުމަން ރިސޯސް ޕޮލިސީ ތަންފީޒުކުރުމުގެ އެންމެހައި މަސައްކަތްތަކެއް ކުރުން
- ކުންފުނީގެ ބޯޑުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް، ކަމާގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން.
- ކުންފުނީގެ މުދަލާއި ފައިސާ އަދި އެނޫންވެސް ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނުތަކާއި ޤަވާއިދުތަކާއި އަދި ކުންފުނީގެ އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުން.
-
|
|
މަޤާމުގެ ޝަރުތުތައް:
|
ތަޢުލީމު:
- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ހިޔުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ކަމާގުޅޭ ދާއިރާއަކުން އެމް.އެން.ކިޔޫ.އެފް ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
މަސައްކަތު ތަޖުރިބާ:
- މަސައްކަތާއ ގުޅޭ ދާއިރާއެއްގައި މަސައްކަތްކުރުމުގެ 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން
|
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ސިޓީ އަދި ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތުކަތާއި، ވަޒީފާ އަދާކުރި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށްފެންނަ ސާފު ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
|
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
26 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް
|
|
ނޯޓު :
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ސިޓީއާއެކު ފޮނުވަންޖެހޭނެއެވެ.
- މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު މަރުހަލާ ނިމުމުން، މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަގާމަށް ނުހޮވޭ ފަރާތްތަކަށް އެކަން އެންގޭނެއެވެ.
|