ދިވެހިރާއްޖެ
|
ޗައިނާގެ ސަރުކާރުގެ ފަރާތުން ޒުވާން ލީޑަރުން ބިނާކުރުމަށް އަމާޒުކޮށްގެން ޗައިނާގެ ސްކޮލަރޝިޕް ކައުންސިލް (ސީ.އެސް.ސީ) އިން ކުރިއަށްގެންދާ ޔޫތް އޮފް އެކްސެލެންސް ސްކޮލަރޝިޕް 2027-2028 ގެ ދަށުން ޕޯސްޓްގްރެޖުއޭޓް ފްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މި ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 29 މާރޗް 2027 ވާ ހޯމަ ދުވަހުގެ ޗައިނާގެ ގަޑިން 23:59 (GMT+8) ގެ ކުރީން ސީ.އެސް.ސީގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަނާއި އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތަކާއެކު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.
މި ސްކޮލަރޝިޕްގެ ޝަރުތުތަކާއި އިތުރު މައުލޫމާތު ހޯއްދެވުމަށް: ސީ.އެސް.ސީގެ ވެބްސައިޓް: https://campuschina.org/content/details3_790440.html ކުރި ޕޯޓަލް: https://kuri.gov.mv
............................................................................................................................................................................. * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރަންވާނެއެވެ.
* މީގެއިތުރުން ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކަށަވަރު ކުރަންވާނެއެވެ. |
