ތަމްރީނު
ނަންބަރު: (IUL)22-HE/22/2026/314
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 08:24
ސުންގަޑި: 29 މާރިޗު 2027 23:59
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Youth of Excellence Scholarship 2027-2028

 

ޗައިނާގެ ސަރުކާރުގެ ފަރާތުން ޒުވާން ލީޑަރުން ބިނާކުރުމަށް އަމާޒުކޮށްގެން ޗައިނާގެ ސްކޮލަރޝިޕް ކައުންސިލް (ސީ.އެސް.ސީ) އިން ކުރިއަށްގެންދާ ޔޫތް އޮފް އެކްސެލެންސް ސްކޮލަރޝިޕް 2027-2028 ގެ ދަށުން ޕޯސްޓްގްރެޖުއޭޓް ފްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.  

 

މި ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 29 މާރޗް 2027 ވާ ހޯމަ ދުވަހުގެ ޗައިނާގެ ގަޑިން 23:59 (GMT+8) ގެ ކުރީން ސީ.އެސް.ސީގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަނާއި އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތަކާއެކު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

 

މި ސްކޮލަރޝިޕްގެ ޝަރުތުތަކާއި އިތުރު މައުލޫމާތު ހޯއްދެވުމަށް:

ސީ.އެސް.ސީގެ ވެބްސައިޓް: https://campuschina.org/content/details3_790440.html

ކުރި ޕޯޓަލް: https://kuri.gov.mv

 

.............................................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރަންވާނެއެވެ.

 

* މީގެއިތުރުން ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު  ކަށަވަރު ކުރަންވާނެއެވެ.

16 ނޮވެންބަރު 2026