އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2013 ގެ ރަޖިސްޓްރޭޝަން މައި މަރުކަޒާ ގުޅޭނެ ފޯނު ނަންބަރުތައް

2013 ސެޕްޓެމްބަރ07  ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އަދި 2013 ސެޕްޓެމްބަރ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭގޮތުން އަދި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމާ ބެހޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް މި ކޮމިޝަނުން އާންމު ފަރާތްތަކަށް ތިރީގައިވާ ނަންބަރުތަކުން ގުޅަމުންދާނެއެވެ.

  1. 7921475
  2. 7921476
  3. 7921702
  4. 7921738

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

17 ރަމަޟާން 1434

25 ޖުލައި 2013
ހޯދާ