ޢާންމު މަޢުލޫމާތު
ނަންބަރު: (A)EA-2013/362
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2013
ޕަބްލިޝްކުރި ގަޑި: 16:34
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2013 ގެ ރަޖިސްޓްރޭޝަން މައި މަރުކަޒާ ގުޅޭނެ ފޯނު ނަންބަރުތައް
2013 ސެޕްޓެމްބަރ07 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އަދި 2013 ސެޕްޓެމްބަރ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭގޮތުން އަދި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމާ ބެހޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް މި ކޮމިޝަނުން އާންމު ފަރާތްތަކަށް ތިރީގައިވާ ނަންބަރުތަކުން ގުޅަމުންދާނެއެވެ.
- 7921475
- 7921476
- 7921702
- 7921738
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
17 ރަމަޟާން 1434
25 ޖުލައި 2013