ދިވެހިރާއްޖެ
މި ސެންޓަރުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ބައުވެ އަދި ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު (IUL)177-A1/177/2026/4 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެތަކެތި ދެވަނަ ފަހަރަށް ނީލަން ކިޔުމަށް އިޢުލާނު ކުރީމެވެ.
މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.
- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް / މާލެ
- ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 22 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 13:30 ގައި
- ނީލަމުގައި ބައިވެރިވުމަށް ހާޒިރުވާންޖެހޭ ތަނާއި ގަޑި: ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް / ގަޑި: 13:15
- ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހުނީލަން
- ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް އީ-މެއިލް ކުރާނީ: [email protected]
- ރަޖިސްޓްރީވާންޖެހޭ އެންމެ ފަހު ތާރީހް: 19 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 11:00 ގެ ކުރިން
- މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރު: 3313456
މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި ނީލަމުގައި ބައިވެރިވެވޭނީ ނީލަމުގައި ބައިވެރިވެލެއްވުމަށް އެދި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީވުމަށް އީ-މެއިލް ކުރައްވާއިރު ނީލަމުގައި ބައިވެރިވާ ފަރާތް/ކުންފުނީގެ ނަން، އައިޑީކާޑު/ރަޖިސްޓްރީގެ ކޮޕީއާއިއެކު ގުޅޭނެ ނަންބަރު ހިމަނަންވާނެއެވެ. ނީލަމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
