ނީލަން
ނަންބަރު: (IUL)177-A1/177/2026/10
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 19 ނޮވެންބަރު 2026 11:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
މިސެންޓަރުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުން

މި ސެންޓަރުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ބައުވެ އަދި ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު (IUL)177-A1/177/2026/4 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެތަކެތި ދެވަނަ ފަހަރަށް ނީލަން ކިޔުމަށް އިޢުލާނު ކުރީމެވެ.

މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.

  1. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް / މާލެ
  2. ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 22 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 13:30 ގައި
  3. ނީލަމުގައި ބައިވެރިވުމަށް ހާޒިރުވާންޖެހޭ ތަނާއި ގަޑި: ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް / ގަޑި: 13:15
  4. ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހުނީލަން
  5. ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް އީ-މެއިލް ކުރާނީ: [email protected]
  6. ރަޖިސްޓްރީވާންޖެހޭ އެންމެ ފަހު ތާރީހް: 19 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 11:00 ގެ ކުރިން
  7. މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރު: 3313456

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.  އަދި ނީލަމުގައި ބައިވެރިވެވޭނީ ނީލަމުގައި ބައިވެރިވެލެއްވުމަށް އެދި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީވުމަށް އީ-މެއިލް ކުރައްވާއިރު ނީލަމުގައި ބައިވެރިވާ ފަރާތް/ކުންފުނީގެ ނަން، އައިޑީކާޑު/ރަޖިސްޓްރީގެ ކޮޕީއާއިއެކު ގުޅޭނެ ނަންބަރު ހިމަނަންވާނެއެވެ. ނީލަމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

10 ނޮވެންބަރު 2026