އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
އައު 2 ކުލާސްރޫމްގެ މަރާމާތުގެ މަސައްކަތްތައްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އައު 2 ކުލާސްރޫމްގެ މަރާމާތުގެ މަސައްކަތްތައްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ:

  1. ސްކޫލުގައި އިމާރާތްކޮށްފައިވާ 2 ކުލާސްރޫމުގެ އިމާރާތުގެ މަރާމާތު މަސައްކަތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 ނޮވެމްބަރ 8 ން 2026 ނޮވެމްބަރ 15 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށްސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ އީ މެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  އޮންނާނީ 2026 ނޮވެމްބަރ 16 ވަނަ ދުވަހުގެ 13:00ގައި  މިސްކޫލު އޮފީހުގައެވެ.
  5. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ނޮވެމްބަރ 16 ވަނަ ދުވަހުގެ 10:00  ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ނޮވެމްބަރ 19 ވަނަ ދުވަހުގެ13:00 ގައި މިސްކޫލުގެ އޮފީހުގައެވެ.
  7.  މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތާއި ބިޑް ރަޖިސްޓްރީ ފޯމް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  8. މިޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރ.އަނގޮޅިތީމް ސްކޫލު

ފޯން: 6580357  

އީމެއިލް: [email protected]

08 ނޮވެންބަރު 2026
ހޯދާ