ބީލަން
ނަންބަރު: 961/IUL/2026/23
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 10:17
ސުންގަޑި:
15 ނޮވެންބަރު 2026 12:00
އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އައު 2 ކުލާސްރޫމްގެ މަރާމާތުގެ މަސައްކަތްތައްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
އައު 2 ކުލާސްރޫމްގެ މަރާމާތުގެ މަސައްކަތްތައްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ:
- ސްކޫލުގައި އިމާރާތްކޮށްފައިވާ 2 ކުލާސްރޫމުގެ އިމާރާތުގެ މަރާމާތު މަސައްކަތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 ނޮވެމްބަރ 8 ން 2026 ނޮވެމްބަރ 15 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށްސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ އީ މެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 ނޮވެމްބަރ 16 ވަނަ ދުވަހުގެ 13:00ގައި މިސްކޫލު އޮފީހުގައެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ނޮވެމްބަރ 16 ވަނަ ދުވަހުގެ 10:00 ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ނޮވެމްބަރ 19 ވަނަ ދުވަހުގެ13:00 ގައި މިސްކޫލުގެ އޮފީހުގައެވެ.
- މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތާއި ބިޑް ރަޖިސްޓްރީ ފޯމް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ރ.އަނގޮޅިތީމް ސްކޫލު
ފޯން: 6580357
އީމެއިލް: [email protected]
08 ނޮވެންބަރު 2026