ދިވެހިރާއްޖެ
ނަންބަރު:258/258/2026/90(IUL)
އިޢުލާން
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އާއި ގުޅިގެން ތަރިކައިގެ ދާއިރާއިން ސެޓްފިކެޓް ލެވެލް 3 ގެ އެމް.ކިއު.އޭ އެކްރެޑިޓް ކުރެވިފައިވާ ކޯހެއް ޖެނުއަރީ 2027 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ތަރިކައިގެ ދާއިރާގެ މުހިންމު ބައިތަށް ކަމަށްވާ ދިވެހިންގެ ހަނދާންތައް އެއްކުރުމާއި، ރަށްވެހި އާސާރު އުފެއްދުން ފަދަ ކަންކަމަށް އަހުލުވެރިކުރުވޭ މޮޑިޔުލްތައް މިކޯހުގައި ހިމެނިގެން ދާނެއެވެ. މިކޯހުގެ އެންމެހައި ޚަރަދެއް ބަލަހައްޓަވާނީ މިނިސްޓްރީގެ ފަރާތުންނެވެ.
ވީމާ، މިކޯހުގައި ހަނިމާދޫ އިން ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް 15 ނޮވެމްބަރ 2026ގެ ކުރިން ނަން ނޯޓްކުރެއްވުން އެދެމެވެ.
ފޯމް ލިންކް: (IUL)258/258/2026/90 - Tharika course – Fill in form
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
24 ޖުމާދަލްއޫލާ 1448
04 ނޮވެމްބަރ 2026
