ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/258/2026/90
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 15 ނޮވެންބަރު 2026 14:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރިކައިގެ ދާއިރާއިން ސެޓްފިކެޓް ލެވެލް 3 ގެ ކޯހެއް ހިންގުމާއި ގުޅޭ

 ނަންބަރު:258/258/2026/90(IUL)

އިޢުލާން

       

               ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އާއި ގުޅިގެން ތަރިކައިގެ ދާއިރާއިން ސެޓްފިކެޓް ލެވެލް 3 ގެ އެމް.ކިއު.އޭ އެކްރެޑިޓް ކުރެވިފައިވާ ކޯހެއް ޖެނުއަރީ 2027 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ތަރިކައިގެ ދާއިރާގެ މުހިންމު ބައިތަށް ކަމަށްވާ ދިވެހިންގެ ހަނދާންތައް އެއްކުރުމާއި، ރަށްވެހި އާސާރު އުފެއްދުން ފަދަ ކަންކަމަށް އަހުލުވެރިކުރުވޭ މޮޑިޔުލްތައް މިކޯހުގައި ހިމެނިގެން ދާނެއެވެ. މިކޯހުގެ އެންމެހައި ޚަރަދެއް ބަލަހައްޓަވާނީ މިނިސްޓްރީގެ ފަރާތުންނެވެ.

               ވީމާ، މިކޯހުގައި ހަނިމާދޫ އިން ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް 15 ނޮވެމްބަރ 2026ގެ ކުރިން ނަން ނޯޓްކުރެއްވުން އެދެމެވެ.

ފޯމް ލިންކް: (IUL)258/258/2026/90 - Tharika course – Fill in form

               ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.         

24 ޖުމާދަލްއޫލާ 1448

04 ނޮވެމްބަރ 2026

04 ނޮވެންބަރު 2026