ދިވެހިރާއްޖެ
އަގު ހުށަހެޅުމުގެ ދައުވަތު
އެފް.އޭ.އެމުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައވާ " އެފް.އޭ.އެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 " ޒޯން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތާއި، ނިންމުމުގެ ރަސްމިއްޔާތު އަދި ވެސް މުބާރާތާއި ގުޅިގެން ކައުންސިލުން ބޭނުންވާ ދަތުރުތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މިފުރުޟަތު ހުޅުވާލަމެވެ.
|
މުބާރާތުގެ މުއްދަތު |
14 ނޮވެމްބަރު 2026 ން 28 ނޮވެމްބަރު 2026 ށް ( 15 ދުވަސް ) |
- މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 ނޮވެމްބަރު 2026 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިއިޢުލާއި އެކު ޢާއްމުކުރެވޭ ނަންބަރު: 335/QTN/2026/88 އަގުބަލާފޯމް މިކައުންސިލަށް ދުރުވެ ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- އަގުބަލާފޯމާއި އެކު ތިރީގައި މިދަންނަވާ ލިޔުންތައް ހުށަހެޅުވުމަށް ދަންނަވަމެވެ.
ވިޔަފާރި ރަޖިސްޓްރީ ކޮޕީ
ވިޔަފާރި ވެރިފަރާތުގެ އައި.ޑީ.ކާޑު ކޮޕީ
އުޅަނދުގެ ރަޖިސްޓްރީ ކޮޕީ
މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެކަމަށާއި، އަގުބަލާ ފޯމް މިއިދާރާއިން ލިބެން ހުންނާނެކަމުގައި ވެސް ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
