ކުއްޔަށް ހިފުން
ނަންބަރު: (IUL)335-AS/335/2026/144
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި: 10 ނޮވެންބަރު 2026 13:30
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެފް.އޭ.އެމުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައވާ " އެފް.އޭ.އެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 " ޒޯން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތާއި، ނިންމުމުގެ ރަސްމިއްޔާތު އަދި ވެސް މުބާރާތާއި ގުޅިގެން ކައުންސިލުން ބޭނުންވާ ދަތުރުތައް ހަމަޖެއްސުމަށް

އަގު ހުށަހެޅުމުގެ ދައުވަތު

       އެފް.އޭ.އެމުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައވާ " އެފް.އޭ.އެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 " ޒޯން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތާއި، ނިންމުމުގެ ރަސްމިއްޔާތު އަދި ވެސް މުބާރާތާއި ގުޅިގެން ކައުންސިލުން ބޭނުންވާ ދަތުރުތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މިފުރުޟަތު ހުޅުވާލަމެވެ.

 

މުބާރާތުގެ މުއްދަތު

14 ނޮވެމްބަރު 2026 ން 28 ނޮވެމްބަރު 2026 ށް ( 15 ދުވަސް )

 

  • މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 ނޮވެމްބަރު 2026 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިއިޢުލާއި އެކު ޢާއްމުކުރެވޭ ނަންބަރު: 335/QTN/2026/88 އަގުބަލާފޯމް މިކައުންސިލަށް ދުރުވެ ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

  • އަގުބަލާފޯމާއި އެކު ތިރީގައި މިދަންނަވާ ލިޔުންތައް ހުށަހެޅުވުމަށް ދަންނަވަމެވެ.

 

     ވިޔަފާރި ރަޖިސްޓްރީ ކޮޕީ

     ވިޔަފާރި ވެރިފަރާތުގެ އައި.ޑީ.ކާޑު ކޮޕީ

    އުޅަނދުގެ ރަޖިސްޓްރީ ކޮޕީ

        މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެކަމަށާއި، އަގުބަލާ ފޯމް މިއިދާރާއިން ލިބެން ހުންނާނެކަމުގައި ވެސް ދެންނެވީމެވެ.

         މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ނޮވެންބަރު 2026