ހައްދުންމަތީ މާވަށު ސްކޫލް
ދިވެހިރާއްޖެ
މާވަށު ސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ފަހާދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މާވަށު ސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ފަހައިދޭނެ ފަރާތެއް ހޯދުމަށް

  1. މިސްކޫލުންދޭ ނަމޫނާއާ އެއްގޮތަށް ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯމް އަދި ގުޅުންހުރި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލައި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2.  ޔުނީފޯމާއި ގުޅުންހުރި މަޢުލޫމާތު ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ބިޑްގައި ރަޖިސްޓްރީ ކުރުމަށް 2026 ނޮވެމްބަރ 01 ން 2026 ނޮވެމްބަރ 10 ގެ ނިޔަލަށް މިއާއެކު އެޓޭޗްކުރެވިފައިވާ "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް މިސްކޫލް ގެ އީމެއިލް [email protected] ފޮނުވައި ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4.  ބިޑް ހުށަހެޅުމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 10 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އީ މެއިލަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ނޮވެމްބަރ 15 ވާ އާދީއްތަ ދުވަހުގެ 12:00 ގައި މާވަށު ސްކޫލް އޮފީހުގައެވެ.
  5. މިޕްރޮޖެކްޓާ ގުޅޭ ބީލަން ފޮތް އަދި ބިޑް ރަޖިސްޓްރީކުރާ ފޯމު މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  6. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބަޖެޓް ސެކްޝަން

މާވަށު ސްކޫލް، ލ.މާވަށް، ދިވެހިރާއްޖެ.  

ފޯން:  6800010  | އީ-މެއިލް: [email protected] | ކޮޕީ-މެއިލް: -

01 ނޮވެންބަރު 2026
ހޯދާ