ބީލަން
ނަންބަރު: GS-49/IUL/2026/11
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި:
10 ނޮވެންބަރު 2026 12:00
ހައްދުންމަތީ މާވަށު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާވަށު ސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ފަހާދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މާވަށު ސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ފަހައިދޭނެ ފަރާތެއް ހޯދުމަށް
- މިސްކޫލުންދޭ ނަމޫނާއާ އެއްގޮތަށް ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯމް އަދި ގުޅުންހުރި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލައި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ޔުނީފޯމާއި ގުޅުންހުރި މަޢުލޫމާތު ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބިޑްގައި ރަޖިސްޓްރީ ކުރުމަށް 2026 ނޮވެމްބަރ 01 ން 2026 ނޮވެމްބަރ 10 ގެ ނިޔަލަށް މިއާއެކު އެޓޭޗްކުރެވިފައިވާ "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް މިސްކޫލް ގެ އީމެއިލް [email protected] ފޮނުވައި ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ބިޑް ހުށަހެޅުމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 10 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އީ މެއިލަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ނޮވެމްބަރ 15 ވާ އާދީއްތަ ދުވަހުގެ 12:00 ގައި މާވަށު ސްކޫލް އޮފީހުގައެވެ.
- މިޕްރޮޖެކްޓާ ގުޅޭ ބީލަން ފޮތް އަދި ބިޑް ރަޖިސްޓްރީކުރާ ފޯމު މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބަޖެޓް ސެކްޝަން
މާވަށު ސްކޫލް، ލ.މާވަށް، ދިވެހިރާއްޖެ.
ފޯން: 6800010 | އީ-މެއިލް: [email protected] | ކޮޕީ-މެއިލް: -
01 ނޮވެންބަރު 2026