މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ނިންމާފައިވާ ނިންމުންތައް:
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ވަނީ، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމް.އެސް.ޑީ)ގެ އޮންލައިން ޕްލެޓްފޯމު "ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށް 2026 އޮކްޓޫބަރު 29 ވީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 20:30 ގައި ބާއްވާފައެވެ. މިޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ ޖުމްލަ 59 ޙިއްޞާދާރުންނެވެ. އެއީ މުޅިއެކު 5,602,272 ޙިއްޞާއެވެ. މިއީ ކުންފުނީގެ ރައުސުލްމާލުގެ 69.75 އިންސައްތަ ޙިއްޞާދާރުންނެވެ.
ޖަލްސާގެ ނިންމުންތައް:
- އެޖެންޑާ އައިޓަމް 02: 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔަޢުމިއްޔާ ވަނީ 99.992 އިންސައްތަ ޙިއްޞާދާރުންގެ އަޢުލަބިއްޔަތާއެކު ފާސްކޮށްފައެވެ.
- 2025 އެޖެންޑާ އައިޓަމް 03: ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ވަނީ 99.992 އިންސައްތަ ޙިއްޞާދާރުންގެ އަޢުލަބިއްޔަތާއެކު ފާސްކޮށްފައެވެ.
- 2025 އެޖެންޑާ އައިޓަމް 04: ވަނަ އަހަރުގެ އޮޑިޓުކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބު ވަނީ 99.992 އިންސައްތަ ޙިއްޞާދާރުންގެ އަޢުލަބިއްޔަތާއެކު ފާސްކޮށްފައެވެ.
- 2025 އެޖެންޑާ އައިޓަމް 05: ވަނަ އަހަރު ޙިއްޞާގެ ފައިދާގެ ގޮތުގައި -/05 ރުފިޔާގެ މޫނުމަތީ އަގުގެ ކޮންމެ ޙިއްޞާއަކަށް -/03 ރުފިޔާ ބަހާގޮތަށް ވަނީ 99.991 އިންސައްތަ ޙިއްޞާދާރުންގެ އަޢުލަބިއްޔަތާއެކު ފާސްކޮށްފައެވެ.
- އެޖެންޑާ އައިޓަމް 06: 2026 ވަނަ އަހަރަށް ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުގެ ގޮތުގައި -/510,300 ރުފިޔާގެ އުޖޫރައަކަށް 'ޑެލޮއިޓް ޕަރޓްނާސް' ޢައްޔަނުކުރުމަށް، 99.994 އިންސައްތަ ޙިއްޞާދާރުންގެ އަޢުލަބިއްޔަތާއެކު ވަނީ ފާސްކޮށްފައެވެ.
- އެޖެންޑާ އައިޓަމް 07: ކުންފުނީގެ ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާޙުތަކުގެ ޙާއްސަ ޤަރާރުވަނީ 99.851 އިންސައްތަ ޙިއްޞާދާރުންގެ އަޢުލަބިއްޔަތާއެކު ފާސްކޮށްފައެވެ.
- އެޖެންޑާ އައިޓަމް 08: ސަރުކާތުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަންކޮށްފައިވާ ޑިރެކްޓަރުންގެ ނަންތައް ވަނީ އިޢުލާނު ކޮށްފައެވެ.
- އެޖެންޑާ އައިޓަމް 09: ޢާންމު ޙިއްޞާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ތިރީގައި މިދަންނަވާ ފަރާތް އިންތިޚާބުކުރެއްވިއެވެ.
- އަލްފާޟިލް ޙުސައިން ޙަސަންފުޅު (ވޯޓުގެ އިންސައްތަ: 99.853)
ވީމާ، މިކަން ކުންފުނީގެ އެންމެހައި ޙިއްޞާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
29 އޮކްޓޫބަރު 2026
ހޯދާ
