ޢާންމު މަޢުލޫމާތު
ނަންބަރު: MTCC-CSD/IU/2026/0577
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 23:09
ސުންގަޑި: 30 ނޮވެންބަރު 2026 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ނިންމާފައިވާ ނިންމުންތައް:

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ވަނީ، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމް.އެސް.ޑީ)ގެ އޮންލައިން ޕްލެޓްފޯމު "ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށް 2026 އޮކްޓޫބަރު 29 ވީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 20:30 ގައި ބާއްވާފައެވެ. މިޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ ޖުމްލަ 59 ޙިއްޞާދާރުންނެވެ. އެއީ މުޅިއެކު 5,602,272 ޙިއްޞާއެވެ. މިއީ ކުންފުނީގެ ރައުސުލްމާލުގެ 69.75 އިންސައްތަ ޙިއްޞާދާރުންނެވެ.

 

ޖަލްސާގެ ނިންމުންތައް:

  1. އެޖެންޑާ އައިޓަމް 02: 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔަޢުމިއްޔާ ވަނީ 99.992 އިންސައްތަ ޙިއްޞާދާރުންގެ އަޢުލަބިއްޔަތާއެކު ފާސްކޮށްފައެވެ.  
  2. 2025 އެޖެންޑާ އައިޓަމް 03:  ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ވަނީ 99.992 އިންސައްތަ ޙިއްޞާދާރުންގެ އަޢުލަބިއްޔަތާއެކު ފާސްކޮށްފައެވެ.
  3. 2025 އެޖެންޑާ އައިޓަމް 04:  ވަނަ އަހަރުގެ އޮޑިޓުކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބު ވަނީ 99.992 އިންސައްތަ ޙިއްޞާދާރުންގެ އަޢުލަބިއްޔަތާއެކު ފާސްކޮށްފައެވެ.
  4. 2025 އެޖެންޑާ އައިޓަމް 05:  ވަނަ އަހަރު ޙިއްޞާގެ ފައިދާގެ  ގޮތުގައި -/05 ރުފިޔާގެ މޫނުމަތީ އަގުގެ ކޮންމެ ޙިއްޞާއަކަށް -/03 ރުފިޔާ ބަހާގޮތަށް ވަނީ 99.991 އިންސައްތަ ޙިއްޞާދާރުންގެ އަޢުލަބިއްޔަތާއެކު ފާސްކޮށްފައެވެ.
  5. އެޖެންޑާ އައިޓަމް 06: 2026 ވަނަ އަހަރަށް ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުގެ ގޮތުގައި -/510,300 ރުފިޔާގެ އުޖޫރައަކަށް 'ޑެލޮއިޓް ޕަރޓްނާސް' ޢައްޔަނުކުރުމަށް، 99.994 އިންސައްތަ ޙިއްޞާދާރުންގެ އަޢުލަބިއްޔަތާއެކު ވަނީ ފާސްކޮށްފައެވެ.
  6. އެޖެންޑާ އައިޓަމް 07: ކުންފުނީގެ ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާޙުތަކުގެ ޙާއްސަ ޤަރާރުވަނީ 99.851 އިންސައްތަ ޙިއްޞާދާރުންގެ އަޢުލަބިއްޔަތާއެކު ފާސްކޮށްފައެވެ.
  7. އެޖެންޑާ އައިޓަމް 08: ސަރުކާތުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަންކޮށްފައިވާ ޑިރެކްޓަރުންގެ ނަންތައް ވަނީ އިޢުލާނު ކޮށްފައެވެ.
  8. އެޖެންޑާ އައިޓަމް 09: ޢާންމު ޙިއްޞާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ތިރީގައި މިދަންނަވާ ފަރާތް އިންތިޚާބުކުރެއްވިއެވެ.

-  އަލްފާޟިލް ޙުސައިން ޙަސަންފުޅު  (ވޯޓުގެ އިންސައްތަ: 99.853)

 

 ވީމާ، މިކަން ކުންފުނީގެ އެންމެހައި ޙިއްޞާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

29 އޮކްޓޫބަރު 2026