ދިވެހިރާއްޖެ
ކާބޯތަކެތީގެ މައުރިޒް ބޭއްވުމަށް މިއިދާރާގެ ނަންބަރު (IUL)388-PRO/388/2026/111 (12 އޮކްޓޫބަރު 2026) އިއުލާން ބާތިލްކޮށް އިއުލާންކުރަމެވެ.
މިކައުންސިލާއި ކޮޅުމަޑުލު ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 31 އޮކްޓޫބަރު 2026 ވަނަ ދުވަހު ކާބޯތަކެތީގެ މައުރިޒެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމައުރިޒުގައި ބައިވެރިވުމަށް ހުޅުވާލެވިފައިވަނީ ތ. ވަންދޫގައި ދިރިއުޅޭ ފަރާތްތަކާއި ރަށުގެ މުއައްސަސާތަކަށެވެ. މިމައުރިޒުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް ތިރީގައިއެވަނީއެވެ. ވީމާ، މައުރިޒުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 29 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ 12:00 ގެ ކުރިން 7980047 އަށް ވައިބައިން މެސެޖުކޮށް ނަންނޯޓުކުރުން އެދެމެވެ.
ކާބޯތަކެތީގެ މައުރިޒުން ވަނަ ހޮވުމަށް ހަމަޖެހިފައިވާ ކެޓަގަރީ
|
# |
ކެޓަގަރީ |
ވަނަ |
އިނާމް |
|
1 |
އެންމެ ގިނަ ބާވަތް ހުށަހެޅުން |
1 |
500 |
|
2 |
ޑެކަރޭޝަން |
1 |
500 |
|
3 |
މޮޑަރން |
1 |
500 |
|
4 |
ސަގާފީ |
1 |
500 |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 6780041 ފޯނާގުޅުއްވުންއެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.
