ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PRO/388/2026/120
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 08:18
ސުންގަޑި: 29 އޮކްޓޫބަރު 2026 12:00
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާބޯތަކެތީގެ މައުރިޒް 2026

ކާބޯތަކެތީގެ މައުރިޒް ބޭއްވުމަށް މިއިދާރާގެ ނަންބަރު (IUL)388-PRO/388/2026/111 (12 އޮކްޓޫބަރު 2026) އިއުލާން ބާތިލްކޮށް އިއުލާންކުރަމެވެ.

މިކައުންސިލާއި ކޮޅުމަޑުލު ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 31 އޮކްޓޫބަރު 2026 ވަނަ ދުވަހު ކާބޯތަކެތީގެ މައުރިޒެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމައުރިޒުގައި ބައިވެރިވުމަށް ހުޅުވާލެވިފައިވަނީ ތ. ވަންދޫގައި ދިރިއުޅޭ ފަރާތްތަކާއި ރަށުގެ މުއައްސަސާތަކަށެވެ. މިމައުރިޒުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް ތިރީގައިއެވަނީއެވެ. ވީމާ، މައުރިޒުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 29 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ 12:00 ގެ ކުރިން 7980047 އަށް ވައިބައިން މެސެޖުކޮށް ނަންނޯޓުކުރުން އެދެމެވެ.

ކާބޯތަކެތީގެ މައުރިޒުން ވަނަ ހޮވުމަށް ހަމަޖެހިފައިވާ ކެޓަގަރީ

#

ކެޓަގަރީ

ވަނަ

އިނާމް

1

އެންމެ ގިނަ ބާވަތް ހުށަހެޅުން

1

500

2

ޑެކަރޭޝަން

1

500

3

މޮޑަރން

1

500

4

ސަގާފީ

1

500

 

                             މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 6780041 ފޯނާގުޅުއްވުންއެދެމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

29 އޮކްޓޫބަރު 2026