ދިވެހިރާއްޖެ
އިޢުލާން
ޝަރުޢީ މަޢުޛޫނުކަންކުރުމުގެ ފުރުޞަތު:
ކޮންޓްރެކްޓް އުޞޫލުން ކައިވެނިކޮށްދޭނޭ ޝަރުޢީ މަޢުޛޫނުން މި ކޯޓަށް ބޭނުންވެއެވެ.
| ބޭނުންވާ އަދަދު: | 12 (ބާރަ) | 
| ކޯޓު/އިދާރާ: | ފެމިލީ ކޯޓު (ކާވެންޏާއި ވަރި ރަޖިސްޓްރީކޮށްދިނުމާބެހޭ ބައި) | 
| އެލަވަންސް: | -/250 ރުފިޔާ (ކޮށްދޭ ކޮންމެ ކާވެންޏަކަށް) | 
| ޝަރުޠު: | ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމުގައިވުން. | 
| 
 ހުށަހަޅަންޖެހޭ ތަކެތި: | - ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީ - ވަނަވަރު - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ޝަރުޢީ މައުޛޫނުކަމަށްއެދި ހުށަހަޅާ ފޯމު | 
| ސުންގަޑި: | 2016 މާރިޗް 14 ވަނަ ދުވަހުގެ 14:30 ގެ ކުރިން. | 
| 
 
 އިތުރު މަޢުލޫމާތު: | - މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވޭނީ، ފެމިލީ ކޯޓުގެ އިންޓަވިއު ޕެނަލުގައި އޭނާއަކީ ޝަރުޢީ މަޢުޛޫނުކަން ކުރެވޭފަދަ މީހެއްކަން ސާބިތުކޮށްދިނުމުންނެވެ. - މި މަޤާމަށް މީހުން ހޮވުމުގައި، ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި، މިކަމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. - މި މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ޝަރުޢީ މަޢުޛޫނުކަމަށްއެދޭ ފޯމު، މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. | 
16 ޖުމާދަލްއޫލާ 1437
 
                    