ވަޒީފާގެ ފުރުޞަތު
ނަންބަރު: 146-A1/2016/55
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 18:42
ސުންގަޑި: 14 މާރިޗު 2016 14:30
ފެމިލީ ކޯޓް
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުޞޫލުން ކައިވެނި ކޮށްދޭނޭ ޝަރުޢީ މަޢުޛޫނުން ހޯދުން

އިޢުލާން

ޝަރުޢީ މަޢުޛޫނުކަންކުރުމުގެ ފުރުޞަތު:

ކޮންޓްރެކްޓް އުޞޫލުން ކައިވެނިކޮށްދޭނޭ ޝަރުޢީ މަޢުޛޫނުން މި ކޯޓަށް ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

12 (ބާރަ)

ކޯޓު/އިދާރާ:

ފެމިލީ ކޯޓު (ކާވެންޏާއި ވަރި ރަޖިސްޓްރީކޮށްދިނުމާބެހޭ ބައި)

އެލަވަންސް:

-/250 ރުފިޔާ (ކޮށްދޭ ކޮންމެ ކާވެންޏަކަށް)

ޝަރުޠު:

ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމުގައިވުން.

 

ހުށަހަޅަންޖެހޭ ތަކެތި:

- ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީ

- ވަނަވަރު

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ޝަރުޢީ މައުޛޫނުކަމަށްއެދި ހުށަހަޅާ ފޯމު

ސުންގަޑި:

2016 މާރިޗް 14 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

 

 

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވޭނީ، ފެމިލީ ކޯޓުގެ އިންޓަވިއު ޕެނަލުގައި އޭނާއަކީ ޝަރުޢީ މަޢުޛޫނުކަން ކުރެވޭފަދަ މީހެއްކަން ސާބިތުކޮށްދިނުމުންނެވެ.

- މި މަޤާމަށް މީހުން ހޮވުމުގައި، ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި، މިކަމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- މި މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ޝަރުޢީ މަޢުޛޫނުކަމަށްއެދޭ ފޯމު، މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

16 ޖުމާދަލްއޫލާ 1437

25 ފެބުރުވަރީ 2016