ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރެއް ހޯދުން

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް މިކައުންސިލުން ކުރިޔަށް ގެންދާ މަސައްކަތުގައި ޑްރައިވިންގ ލައިސަންސްދިނުމުގެ ޢަމަލީ އިމްތިޙާންކުރާނެ އެގްޒަމިނަރުން ހޯދަން ބޭނުންވެއެވެ.

 

ބޭނުންވާ ޢަދަދު:  1

އެލަވަންސް:  ކޮންމެ އިމްތިޙާނަކަށް ކަނޑައެޅޭ ރޭޓުން

އެގްޒަމިނަރެއްގެ ޝަރުތުތައް:

ހ. ނިޔަމިކަމުގެ ސެޓްފިކެޓް އޮތުން.

ށ. ލައިސަންސް ނެގިފަހުން މަދުވެގެން 1 އަހަރުދުވަހު އުޅަނދުފަހަރު ދުއްވުމުގައި ހޭދަކޮށްފައިވުން.

ނ. އެގްޒެމިނަރެއް ހޮވުމުގައި އެންމެ ގިނަ ކެޓަގަރީތައް އޮތް ފަރާތަކަށް އިސްކަންދެވޭނެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ. ކަނޑުގެ ލައިސަންސް ފޮތުގެ ކޮޕީ.

ށ. ނިޔަމި ކަމުގެ ސަނަދު ކޮޕީ.

ނ. އައިޑީ ކާޑްގެ ކޮޕީ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ މިދެންނެވިޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން 08 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00ގެ ކުރިން މި އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

14 ޖުމާދަލްއޫލާ 1448

25 އޮކްޓޫބަރ 2026

26 އޮކްޓޫބަރު 2026
ހޯދާ