ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް މިކައުންސިލުން ކުރިޔަށް ގެންދާ މަސައްކަތުގައި ޑްރައިވިންގ ލައިސަންސްދިނުމުގެ ޢަމަލީ އިމްތިޙާންކުރާނެ އެގްޒަމިނަރުން ހޯދަން ބޭނުންވެއެވެ.
ބޭނުންވާ ޢަދަދު: 1
އެލަވަންސް: ކޮންމެ އިމްތިޙާނަކަށް ކަނޑައެޅޭ ރޭޓުން
އެގްޒަމިނަރެއްގެ ޝަރުތުތައް:
ހ. ނިޔަމިކަމުގެ ސެޓްފިކެޓް އޮތުން.
ށ. ލައިސަންސް ނެގިފަހުން މަދުވެގެން 1 އަހަރުދުވަހު އުޅަނދުފަހަރު ދުއްވުމުގައި ހޭދަކޮށްފައިވުން.
ނ. އެގްޒެމިނަރެއް ހޮވުމުގައި އެންމެ ގިނަ ކެޓަގަރީތައް އޮތް ފަރާތަކަށް އިސްކަންދެވޭނެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ. ކަނޑުގެ ލައިސަންސް ފޮތުގެ ކޮޕީ.
ށ. ނިޔަމި ކަމުގެ ސަނަދު ކޮޕީ.
ނ. އައިޑީ ކާޑްގެ ކޮޕީ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ މިދެންނެވިޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން 08 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00ގެ ކުރިން މި އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.
14 ޖުމާދަލްއޫލާ 1448
25 އޮކްޓޫބަރ 2026