ދިވެހިރާއްޖެ
އިޢުލާން
ތިމަރަފުށީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިންތަކާއި ޢިމާރާތްތައް ކުއްޔަށް ދިނުމާއި ގުޅޭ
ތިމަރަފުށީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިންތަކުގައި ކޮށްފައިވާ ޢިމާރާތްތަކުގެ ކުޑަބޮޑުމިނަށާއި ޖުމްލަ އަކަފޫޓަށް ބަލައި، ޢާންމު ވިޔަފާރި ކުރުމަށް ބިން ކުއްޔަށްދޫކުރާ އުޞޫލުން ކުއްޔަށް ދޫކުރާއިރު ، އެ ބިންތައް ކުއްޔަށް ނެގުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގުތަކެއްގެ ގޮތުގައި ތިރީގައިވާ އަގުތައް ކަނޑައެޅުމަށް ތިމަރަފުށީ ކައުންސިލްގެ 391/2026/26ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ.
ކުއްޔަށް ދިނުމަށް ހުށަހަޅާ އެންމެ ކުޑަ އަގުތަކުގެ ތަފްޞީލު:
1. 500 އަކަފޫޓާއި 1،000 އަކަފޫޓާ ދެމެދު: ހުށަހެޅޭނެ އެންމެ ކުޑަ އަގު: -/1,000 ރުފިޔާ
2. 1،000 އަކަފޫޓާއި 2،500 އަކަފޫޓާ ދެމެދު: ހުށަހެޅޭނެ އެންމެ ކުޑަ އަގު: -/3,000 ރުފިޔާ
3. 2،500 އަކަފޫޓާއި 5،000 އަކަފޫޓާ ދެމެދު: ހުށަހެޅޭނެ އެންމެ ކުޑަ އަގު: -/5,000 ރުފިޔާ
4. 5،000 އަކަފޫޓާއި 7،000 އަކަފޫޓާ ދެމެދު: ހުށަހެޅޭނެ އެންމެ ކުޑަ އަގު: -/7,000 ރުފިޔާމިހެންވެ
އެހެން ކަމުން މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
