ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)391/391/2026/137
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 11:26
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިމަރަފުށީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިންތަކާއި ޢިމާރާތްތައް ކުއްޔަށް ދިނުމާއި ގުޅޭ

އިޢުލާން

ތިމަރަފުށީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިންތަކާއި ޢިމާރާތްތައް ކުއްޔަށް ދިނުމާއި ގުޅޭ

ތިމަރަފުށީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިންތަކުގައި ކޮށްފައިވާ ޢިމާރާތްތަކުގެ ކުޑަބޮޑުމިނަށާއި ޖުމްލަ އަކަފޫޓަށް ބަލައި، ޢާންމު ވިޔަފާރި ކުރުމަށް ބިން ކުއްޔަށްދޫކުރާ އުޞޫލުން ކުއްޔަށް ދޫކުރާއިރު ، އެ ބިންތައް ކުއްޔަށް ނެގުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގުތަކެއްގެ ގޮތުގައި ތިރީގައިވާ އަގުތައް ކަނޑައެޅުމަށް ތިމަރަފުށީ ކައުންސިލްގެ 391/2026/26ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ.

ކުއްޔަށް ދިނުމަށް ހުށަހަޅާ އެންމެ ކުޑަ އަގުތަކުގެ ތަފްޞީލު:

1.     500 އަކަފޫޓާއި 1،000 އަކަފޫޓާ ދެމެދު: ހުށަހެޅޭނެ އެންމެ ކުޑަ އަގު: -/1,000 ރުފިޔާ

2.     1،000 އަކަފޫޓާއި 2،500 އަކަފޫޓާ ދެމެދު: ހުށަހެޅޭނެ އެންމެ ކުޑަ އަގު: -/3,000 ރުފިޔާ

3.     2،500 އަކަފޫޓާއި 5،000 އަކަފޫޓާ ދެމެދު: ހުށަހެޅޭނެ އެންމެ ކުޑަ އަގު: -/5,000 ރުފިޔާ

4.     5،000 އަކަފޫޓާއި 7،000 އަކަފޫޓާ ދެމެދު: ހުށަހެޅޭނެ އެންމެ ކުޑަ އަގު: -/7,000 ރުފިޔާމިހެންވެ

އެހެން ކަމުން މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

 

 

24 އޮކްޓޫބަރު 2026