ދިވެހިރާއްޖެ
ތަފާތުއެކި މަސައްކަތްތަކުގައި ބޭނުންކުރުމަށްފަހު ދޫކޮށްލާފައިވާ ގިނައަދަދެއްގެ ތަކެތި ބަނދަރުގެ ދުވާރުމަތީގައާއި އަދި ދުވާރު ކައިރީގައި ބަހައްޓާފައިއެބަހުއްޓެވެ. އޭގެތެރޭގައި ތެޔޮއަޅާފައި ހުރި ހަން، ވައުބުރި، ޕަލެޓް ފަދަ ތަކެތި ހުރިކަން ފާހަގަކުރަމެވެ. ބަނދަރުގެ ދުވާރު މަތީގައާއި ، ދުވާރު ކައިރީގައި ތަކެތި ބެހެއްޓުމަކީ ބަނދަރު ބެލެހެއްޓުމާއިބެހޭ ނަންބަރ : (PP)317-PP/317/2026/4 އުސޫލުގެ ދަށުން ކުރުންމަނާކަމެކެވެ.
ވީމާ ބަނދަރުގެ ދުވާރުމަތީގައާއި އަދި ދުވާރު ކައިރީގައި މަތީގައި ދެންނެވިފައިވާގޮތަށް ދޫކޮށްލާފައި ހުރި ތަކެތި އެތަކެތީގެ ވެރިފަރާތަކުން 24 އޮކްޓޯބަރ 2026 ހޮނިހިރު ދުވަހުގެ 18:00 ގެ ކުރިން ތަކެތި ނަގާ ސާފުކުރުން އެދެމެވެ. ވަގުތު ހަމަވާ އިރަށް ނުނަގާހުރި ތަކެތި ބަނދަރު ބެލެހެއްޓުމާއިބެހޭ ނަންބަރ : (PP)317-PP/317/2026/4 އުސޫލުގެ 6 ވަނަ މާއްދާގެ ދަށުން ކައުންސިލުގެ ފަރާތުން ނަގާނެވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
