ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)317-PP/317/2026/60
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި: 24 އޮކްޓޫބަރު 2026 18:00
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގެ ދުވާރުމަތީގައާއި ، ދުވާރު ވަށައިގެން ދޫކޮށްލާފައި ހުރި ތަކެތި ނަގާ ސާފުކުރުމާއި ގުޅޭ

ތަފާތުއެކި މަސައްކަތްތަކުގައި ބޭނުންކުރުމަށްފަހު ދޫކޮށްލާފައިވާ ގިނައަދަދެއްގެ ތަކެތި  ބަނދަރުގެ ދުވާރުމަތީގައާއި އަދި ދުވާރު ކައިރީގައި ބަހައްޓާފައިއެބަހުއްޓެވެ. އޭގެތެރޭގައި ތެޔޮއަޅާފައި ހުރި ހަން، ވައުބުރި، ޕަލެޓް ފަދަ ތަކެތި ހުރިކަން ފާހަގަކުރަމެވެ. ބަނދަރުގެ ދުވާރު މަތީގައާއި ، ދުވާރު ކައިރީގައި ތަކެތި ބެހެއްޓުމަކީ ބަނދަރު ބެލެހެއްޓުމާއިބެހޭ ނަންބަރ : (PP)317-PP/317/2026/4 އުސޫލުގެ ދަށުން ކުރުންމަނާކަމެކެވެ.

                        ވީމާ ބަނދަރުގެ ދުވާރުމަތީގައާއި އަދި ދުވާރު ކައިރީގައި މަތީގައި ދެންނެވިފައިވާގޮތަށް ދޫކޮށްލާފައި ހުރި ތަކެތި އެތަކެތީގެ ވެރިފަރާތަކުން  24 އޮކްޓޯބަރ 2026 ހޮނިހިރު ދުވަހުގެ 18:00 ގެ ކުރިން ތަކެތި ނަގާ ސާފުކުރުން އެދެމެވެ. ވަގުތު ހަމަވާ އިރަށް ނުނަގާހުރި ތަކެތި ބަނދަރު ބެލެހެއްޓުމާއިބެހޭ ނަންބަރ : (PP)317-PP/317/2026/4 އުސޫލުގެ 6 ވަނަ މާއްދާގެ ދަށުން ކައުންސިލުގެ ފަރާތުން ނަގާނެވާހަކަ ދެންނެވީމެވެ.

                        މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 އޮކްޓޫބަރު 2026