މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބައު ދަގަނޑު ނީލަން

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ގައި ހުރި ބައު ދަގަނޑު ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

  1. ނީލަން ކިޔަން ހަމަޖެހިފައިވާ ތަން: ކުރީގެ ހައުސިން މިނިސްޓްރީ ހިންގި ބާއިމާރާތުގައި 
  2. ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 2026 ނޮވެމްބަރ 01 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި
  3. ނީލަން ކިއުމަށް ހަމަޖެހިފައިވާ އުސޫލު: ދުވަހު ނީލަމުގައި
  4. މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 7287968 / 4004836 

ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

ނޯޓު: މި ނީލަން ކާމިޔާބުކުރާ ފަރާތުން ދަގަނޑު ކިރުމަށް ބޭނުންވާ ތަކެތި ގެންނަންވާނެއެވެ. ނީލަން ކިޔަން ފަށަން ހަމަޖެހިފައިވަނީ ބައު ދަގަނޑު ކިލޯ އެއް 2 (ދެ ރުފިޔާ) ގެ ރޭޓުންނެވެ. ނީލަމަށް އިތުރު ކުރެވޭނީ ފަހަރަކު 25 (25 ލާރި) އަށްވުރެ ކުޑަނޫން އަދަދެކެވެ.

ވީމާ، ޝައުގުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.   

20 އޮކްޓޫބަރު 2026
ހޯދާ