ނީލަން
ނަންބަރު: (IUL)491-CDS1/491/2026/168
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 09:10
ސުންގަޑި:
31 އޮކްޓޫބަރު 2026 00:00
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބައު ދަގަނޑު ނީލަން
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ގައި ހުރި ބައު ދަގަނޑު ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
- ނީލަން ކިޔަން ހަމަޖެހިފައިވާ ތަން: ކުރީގެ ހައުސިން މިނިސްޓްރީ ހިންގި ބާއިމާރާތުގައި
- ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 2026 ނޮވެމްބަރ 01 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި
- ނީލަން ކިއުމަށް ހަމަޖެހިފައިވާ އުސޫލު: ދުވަހު ނީލަމުގައި
- މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 7287968 / 4004836
ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
ނޯޓު: މި ނީލަން ކާމިޔާބުކުރާ ފަރާތުން ދަގަނޑު ކިރުމަށް ބޭނުންވާ ތަކެތި ގެންނަންވާނެއެވެ. ނީލަން ކިޔަން ފަށަން ހަމަޖެހިފައިވަނީ ބައު ދަގަނޑު ކިލޯ އެއް 2 (ދެ ރުފިޔާ) ގެ ރޭޓުންނެވެ. ނީލަމަށް އިތުރު ކުރެވޭނީ ފަހަރަކު 25 (25 ލާރި) އަށްވުރެ ކުޑަނޫން އަދަދެކެވެ.
ވީމާ، ޝައުގުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
20 އޮކްޓޫބަރު 2026