ދިވެހިރާއްޖެ
|
MEIG Programme 2027-2028 |
|
ޔުނިވަރސިޓީ އޮފް ޖެނީވާ އާއި ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ އިދާރާއާއި ގުޅިގެން ހިންގާ މާސްޓަރ އޮފް އެޑްވާންސްޑް ސްޓަޑީސް އިން ޔޫރަޕިއަން އެންޑް އިންޓަރނޭޝަނަލް ގަވަރނެންސް (އެމް.އީ.އައި.ޖީ ފްރޮގްރާމް) 2027-2028ގައި ބައިވެރިވުމަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. މިސްކޮލަރޝިޕާއި ބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު އެމް.އީ.އައި.ޖީ ވެބްސައިޓް https://www.meig.ch/ އާއި މި މިނިސްޓްރީގެ ޕޯޓަލް https://kuri.gov.mv އިން ލިބެން ހުންނާނެއެވެ.
މި ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 15 ނޮވެންބަރު 2026 ވާ އާދިއްތަ ދުވަހުގެ ކުރިން އެމް.އީ.އައި.ޖީ ވެބްސައިޓް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަނާއި އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތަކާއެކު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.
............................................................................................................................................................................. * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ.
* މީގެއިތުރުން ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ.
|
