ތަމްރީނު
ނަންބަރު: (IUL)22-HE/22/2026/284
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 15 ނޮވެންބަރު 2026 00:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
MEIG Programme 2027-2028

MEIG Programme 2027-2028

 

ޔުނިވަރސިޓީ އޮފް ޖެނީވާ އާއި ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ އިދާރާއާއި ގުޅިގެން ހިންގާ މާސްޓަރ އޮފް އެޑްވާންސްޑް ސްޓަޑީސް އިން ޔޫރަޕިއަން އެންޑް އިންޓަރނޭޝަނަލް ގަވަރނެންސް (އެމް.އީ.އައި.ޖީ ފްރޮގްރާމް) 2027-2028ގައި ބައިވެރިވުމަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. މިސްކޮލަރޝިޕާއި ބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު އެމް.އީ.އައި.ޖީ ވެބްސައިޓް  https://www.meig.ch/ އާއި މި މިނިސްޓްރީގެ ޕޯޓަލް  https://kuri.gov.mv  އިން ލިބެން ހުންނާނެއެވެ.

 

މި ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 15 ނޮވެންބަރު 2026 ވާ އާދިއްތަ ދުވަހުގެ ކުރިން އެމް.އީ.އައި.ޖީ ވެބްސައިޓް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަނާއި އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތަކާއެކު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

 

.............................................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ.

 

* މީގެއިތުރުން ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ.

 

19 އޮކްޓޫބަރު 2026