މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ފައިނޭންސް އޮފިސަރ

އިޢުލާން

ތިރީގައިމިވާ މަޤާމަށް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް މީހަކު ބޭނުންވެއްޖެ.

މަޤާމް:

އެސިސްޓެންޓް ފައިނޭންސް އޮފިސަރ  (ވަގުތީ)

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސްރ ގްރޭޑް 1

އޮފީސް / އިދާރާ:

މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/1،500 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

 

މަގާމުގެ ޝަރުޠުތައް:

1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުން.

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައާއި އެހެނިހެން ޢިނާޔަތްތައް ދިނުމަށް ގަވާއިދާ އެއްގޮތަށް މަހުން މަހަށް ތައްޔާރުކުރަންޖެހޭ މުސާރަޝީޓްތައް ތައްޔާރުކޮށް، ފައިސާ ދޫކުރުމަށް ކަނޑައެޅިފައިވާ ތާރީޚުގައި މުވައްޒަފުންނަށް ދޫކުރުން.
  2. ކައުންސިލް އިދާރާއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރުން.
  3. ކައުންސިލް އިދާރާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް މުލީ ބްރާންޗުގައި ހުޅުވާފައިވާ އެކައުންޓު ބާކީކޮށް ބެލެހެއްޓުން.
  4. ކައުންސިލް އިދާރާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް މުލީ ބްރާންޗްގައި ހުޅުވާފައިވާ އެކައުންޓު ރީކޮންސިލިއޭޝަން ސްޓޭޓްމަންޓް ތައްޔާރުކުރުން.
  5. ކައުންސިލް އިދާރާގެ ބަޖެޓުން ކުރެވޭ ޚަރަދުގެ ރިޕޯޓް ތައްޔާރުކޮށްފައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  6. ފައިސާ ބަލައިގަންނަ ރަސީދު ފޮތްތަކާއި، އެކައުންޓްތަކުގެ ޗެކުފޮތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  7. ކައުންސިލް އިދާރާއަށް ބަލައިގަންނަ އާމްދަނީ ފައިސާއާއި، ފީތައް ބަލައިގަނެ ރަސީދު ހައްދައި، ޖަމާކުރަންޖެހޭ އެކައުންޓްތަކަށް ޖަމާކުރުމާއި، ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.
  8. ކައުންސިލުން މާލީ އިދާރާތަކުން ދަރަންޏަށް ނަގާ ފައިސާގެ ހިސާބުތަކާއި އުފައްދާ އެކިއެކި ފަންޑުތަކުގެ ހިސާބުތައް ބެލެހެއްޓުން.
  9. ފައިސާ ހަވާލުކުރުމަށްޓަކައި ކައުންސިލް އިދާރާގެ އެކައުންޓްން ވައުޗަރ ތައްޔާރުކޮށް، ޗެކްހައްދައި، ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުން.
  10. ކައުންސިލް އިދާރާގެ  އެކައުންޓްން ވައުޗަރއާއި، ޗެކްތަކުގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން.
  11. ކައުންސިލް އިދާރާގެ އެކައުންޓް ބާކީކޮށް ބެލެހެއްޓުން.
  12. ކައުންސިލް އިދާރާއިން ތައްޔާރުކުރަންޖެހޭ، އާމްދަނީ ފައިސާއާއި، ޚަރަދުކުރި ފައިސާގެ މަސްދުވަހުގެ ރިޕޯޓް، ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ތައްޔާރުކޮށް ކަމާބެހޭ މުއައްސަސާތަކަށް ފޮނުވުން.
  13. ކޮންމެ އަހަރެއްގެ އޯގަސްޓްމަހުގެ ނިޔަލަށް ރަށު ތަރައްޤީގެ ޕްލޭނާއި ފައިނޭންސަލް ޕްލޭނަށް ބިނާކޮށް ކުރިޔަށް އޮތް އަހަރުގެ ކައުންސިލް އިދާރާގެ މަސައްކަތު ތާވަލާއި ބަޖެޓް ތައްޔާރުކުރުން.
  14. ކައުންސިލަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެކަންކަމުގައި އެހީތެރިވެދިނުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމީ ނަތީޖާއާއި އިންޓަރވިއުގައި ހޯދާ މާކުހުގެ ޖުމްލައަށް ބަލައިގެން މެރިޓް އުސޫލުން.

އިންޓަރވިއު އޮއްނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 2016 މާރިޗު 7 ވަނަ ދުވަހު 20:45 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 މާރިޗު 6 ވާ ހޯމަދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާއަށް.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. މަގާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ)، (އިންޓަވިއުއަށް ހާޒިރުވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަވާނެއެވެ.)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720508 ނަންބަރު ފޯނާއެވެ.

14 ޖުމާދަލްއޫލާ 1437

23 ފެބުރުވަރީ 2016
ހޯދާ