މަޤާމް:
|
އެސިސްޓެންޓް ފައިނޭންސް އޮފިސަރ (ވަގުތީ)
|
މަޤާމުގެ ރޭންކް:
|
ޖީ. އެސް. 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސްރ ގްރޭޑް 1
|
އޮފީސް / އިދާރާ:
|
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
|
ސެކްޝަން:
|
ކޯޕަރޭޓް އެފެއާޒް
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
|
މުސާރަ:
|
މަހަކު -/4،465 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު -/1،500 ރުފިޔާ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަގާމުގެ ޝަރުޠުތައް:
|
1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައާއި އެހެނިހެން ޢިނާޔަތްތައް ދިނުމަށް ގަވާއިދާ އެއްގޮތަށް މަހުން މަހަށް ތައްޔާރުކުރަންޖެހޭ މުސާރަޝީޓްތައް ތައްޔާރުކޮށް، ފައިސާ ދޫކުރުމަށް ކަނޑައެޅިފައިވާ ތާރީޚުގައި މުވައްޒަފުންނަށް ދޫކުރުން.
- ކައުންސިލް އިދާރާއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރުން.
- ކައުންސިލް އިދާރާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް މުލީ ބްރާންޗުގައި ހުޅުވާފައިވާ އެކައުންޓު ބާކީކޮށް ބެލެހެއްޓުން.
- ކައުންސިލް އިދާރާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް މުލީ ބްރާންޗްގައި ހުޅުވާފައިވާ އެކައުންޓު ރީކޮންސިލިއޭޝަން ސްޓޭޓްމަންޓް ތައްޔާރުކުރުން.
- ކައުންސިލް އިދާރާގެ ބަޖެޓުން ކުރެވޭ ޚަރަދުގެ ރިޕޯޓް ތައްޔާރުކޮށްފައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- ފައިސާ ބަލައިގަންނަ ރަސީދު ފޮތްތަކާއި، އެކައުންޓްތަކުގެ ޗެކުފޮތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- ކައުންސިލް އިދާރާއަށް ބަލައިގަންނަ އާމްދަނީ ފައިސާއާއި، ފީތައް ބަލައިގަނެ ރަސީދު ހައްދައި، ޖަމާކުރަންޖެހޭ އެކައުންޓްތަކަށް ޖަމާކުރުމާއި، ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.
- ކައުންސިލުން މާލީ އިދާރާތަކުން ދަރަންޏަށް ނަގާ ފައިސާގެ ހިސާބުތަކާއި އުފައްދާ އެކިއެކި ފަންޑުތަކުގެ ހިސާބުތައް ބެލެހެއްޓުން.
- ފައިސާ ހަވާލުކުރުމަށްޓަކައި ކައުންސިލް އިދާރާގެ އެކައުންޓްން ވައުޗަރ ތައްޔާރުކޮށް، ޗެކްހައްދައި، ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުން.
- ކައުންސިލް އިދާރާގެ އެކައުންޓްން ވައުޗަރއާއި، ޗެކްތަކުގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން.
- ކައުންސިލް އިދާރާގެ އެކައުންޓް ބާކީކޮށް ބެލެހެއްޓުން.
- ކައުންސިލް އިދާރާއިން ތައްޔާރުކުރަންޖެހޭ، އާމްދަނީ ފައިސާއާއި، ޚަރަދުކުރި ފައިސާގެ މަސްދުވަހުގެ ރިޕޯޓް، ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ތައްޔާރުކޮށް ކަމާބެހޭ މުއައްސަސާތަކަށް ފޮނުވުން.
- ކޮންމެ އަހަރެއްގެ އޯގަސްޓްމަހުގެ ނިޔަލަށް ރަށު ތަރައްޤީގެ ޕްލޭނާއި ފައިނޭންސަލް ޕްލޭނަށް ބިނާކޮށް ކުރިޔަށް އޮތް އަހަރުގެ ކައުންސިލް އިދާރާގެ މަސައްކަތު ތާވަލާއި ބަޖެޓް ތައްޔާރުކުރުން.
- ކައުންސިލަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެކަންކަމުގައި އެހީތެރިވެދިނުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ތަޢުލީމީ ނަތީޖާއާއި އިންޓަރވިއުގައި ހޯދާ މާކުހުގެ ޖުމްލައަށް ބަލައިގެން މެރިޓް އުސޫލުން.
|
އިންޓަރވިއު އޮއްނާނެ ތަނާއި، މުއްދަތު:
|
މި މަގާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 2016 މާރިޗު 7 ވަނަ ދުވަހު 20:45 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި.
|
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
2016 މާރިޗު 6 ވާ ހޯމަދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާއަށް.
|
އުޖޫރައާއި ޢިނާޔަތްތައް:
|
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. މަގާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ)، (އިންޓަވިއުއަށް ހާޒިރުވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަވާނެއެވެ.)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720508 ނަންބަރު ފޯނާއެވެ.
|