މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. އޭދަފުށި މީޑިއާ ސެންޓަރު ޕާކުގައި އައުޓް‌ޑޯ ޖިމް މެޝިނަރީ އިންސްޓޯލް ކުރުމާ ބެހޭ

 

އިޢުލާން

ބ. އޭދަފުށި މީޑިއާ ސެންޓަރު ޕާކުގައި އައުޓް‌ޑޯ ޖިމް މެޝިނަރީ އިންސްޓޯލް ކުރުމާ ބެހޭ

ބ. އޭދަފުށި މީޑިއާ ސެންޓަރުގެ ޕާކުގައި އައުޓް‌ޑޯ ޖިމް މެޝިނަރީ އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މަސައްކަތުގެ ތަފްޞީލު:

ޖިމް މެޝިނަރީ ފޯރުކޮށްދިނުން: މި މަސައްކަތަށް ބޭނުންވާ 15 ޖިމްމެޝިނަރީ ކައުންސިލުން ފޯރުކޮށްދޭނެއެވެ.

ތަކެތި ނެގުމާއި އުފުލުން: މެޝިނަރީތައް މިހާރު ހުރީ ބ. އަތޮޅު ކޮމެޓީއަށް ދޫކުރެވިފައިވާ ބިމުގައެވެ. އެތަނުން ތަކެތި ނަގާ، މަސައްކަތްކުރާ ސަރަޙައްދަށް އުފުލައި ރާވާ ހަރުކުރަންވާނެއެވެ.

ބުޑު އެޅުން: މެޝިނަރީތައް އިންސްޓޯލް ކުރުމަށް ބޭނުންވާ ކޮންކްރީޓް ބުޑު އަޅަންވާނީ މިހާރު އަޅާފައިވާ ތަޅުންގަނޑު ކަނޑައި، ތަޅުންގަނޑާ އެއް ލެވެލްއަށެވެ.

ބުޑުގެ ސައިޒަކީ އިންސްޓޯލްކުރާ މެޝިނަށް ބޭނުންވާ ވަރަށް 12 އިންޗި ×12 އިންޗި ×12 އިންޗި ބުޑެވެ. ލަފާކުރެވޭގޮތުގައި (15 ބުޑު)

ސާފުކުރުން: މަސައްކަތް ނިންމުމަށްފަހު، މަސައްކަތުގެ ސަރަޙައްދުގައި ހުރި ކުނިތައް ނަގައި، ތަން ސާފުކުރަންވާނެއެވެ. އަދި ކުނިތައް އުކާލަންވާނީ މަސައްކަތާ ހަވާލުވާ ފަރާތުގެ ޚަރަދުގައެވެ.

 

ކޯޓޭޝަން ހުށަހެޅުން:

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 15 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 11:30 ގެ ކުރިން މި އިދާރާއަށް މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހަޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ، [email protected] އަށް މަތީގައިވާ ގަޑިއަށް ފޮނުއްވުން އެދެމެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ކޯޓޭޝަން ބަލައެއް ނުގަނެވޭނެއެވެ.

ނޯޓް: ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނޭ އަގު، މުއްދަތު އަދި ވިޔަފާރިއެއްނަމަ ސީލް ހިމަނާފައި އޮންނަންވާނެއެވެ. ކޯޓޭޝަން ވެލިޓިޓީގެ ގޮތުގައި 30 ދުވަސް އޮންނަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

12 އޮކްޓޫބަރު 2026
ހޯދާ