ދިވެހިރާއްޖެ
އިޢުލާން
ބ. އޭދަފުށި މީޑިއާ ސެންޓަރު ޕާކުގައި އައުޓްޑޯ ޖިމް މެޝިނަރީ އިންސްޓޯލް ކުރުމާ ބެހޭ
ބ. އޭދަފުށި މީޑިއާ ސެންޓަރުގެ ޕާކުގައި އައުޓްޑޯ ޖިމް މެޝިނަރީ އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މަސައްކަތުގެ ތަފްޞީލު:
ޖިމް މެޝިނަރީ ފޯރުކޮށްދިނުން: މި މަސައްކަތަށް ބޭނުންވާ 15 ޖިމްމެޝިނަރީ ކައުންސިލުން ފޯރުކޮށްދޭނެއެވެ.
ތަކެތި ނެގުމާއި އުފުލުން: މެޝިނަރީތައް މިހާރު ހުރީ ބ. އަތޮޅު ކޮމެޓީއަށް ދޫކުރެވިފައިވާ ބިމުގައެވެ. އެތަނުން ތަކެތި ނަގާ، މަސައްކަތްކުރާ ސަރަޙައްދަށް އުފުލައި ރާވާ ހަރުކުރަންވާނެއެވެ.
ބުޑު އެޅުން: މެޝިނަރީތައް އިންސްޓޯލް ކުރުމަށް ބޭނުންވާ ކޮންކްރީޓް ބުޑު އަޅަންވާނީ މިހާރު އަޅާފައިވާ ތަޅުންގަނޑު ކަނޑައި، ތަޅުންގަނޑާ އެއް ލެވެލްއަށެވެ.
ބުޑުގެ ސައިޒަކީ އިންސްޓޯލްކުރާ މެޝިނަށް ބޭނުންވާ ވަރަށް 12 އިންޗި ×12 އިންޗި ×12 އިންޗި ބުޑެވެ. ލަފާކުރެވޭގޮތުގައި (15 ބުޑު)
ސާފުކުރުން: މަސައްކަތް ނިންމުމަށްފަހު، މަސައްކަތުގެ ސަރަޙައްދުގައި ހުރި ކުނިތައް ނަގައި، ތަން ސާފުކުރަންވާނެއެވެ. އަދި ކުނިތައް އުކާލަންވާނީ މަސައްކަތާ ހަވާލުވާ ފަރާތުގެ ޚަރަދުގައެވެ.
ކޯޓޭޝަން ހުށަހެޅުން:
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 15 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 11:30 ގެ ކުރިން މި އިދާރާއަށް މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހަޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ، [email protected] އަށް މަތީގައިވާ ގަޑިއަށް ފޮނުއްވުން އެދެމެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ކޯޓޭޝަން ބަލައެއް ނުގަނެވޭނެއެވެ.
ނޯޓް: ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނޭ އަގު، މުއްދަތު އަދި ވިޔަފާރިއެއްނަމަ ސީލް ހިމަނާފައި އޮންނަންވާނެއެވެ. ކޯޓޭޝަން ވެލިޓިޓީގެ ގޮތުގައި 30 ދުވަސް އޮންނަންވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.