ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް މ.ދިއްގަރު ސްޕޯޓްސް އެރީނާގައި ހިމެނޭ ފުޓްސަލްދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: 368/IUL/2015/49ފ(25 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގުތައް ބޮޑެތި ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އެމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
އިދާރާގެ ޖަލްސާކުރާ މާލަމް |
28 ފެބުރުވަރީ 2016 |
އާދީއްތަ |
11:30 |
އަންދާސީހިސާބު ހުށަހެޅުން |
އިދާރާގެ ޖަލްސާކުރާ މާލަމް |
03 މާރިޗު 2016 |
ބުރާސްފަތި |
11:00 |
މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
07 ޖުމާދަލްއޫލާ 1437