މަސައްކަތް
ނަންބަރު: 368/IUL/2016/08
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:18
ސުންގަޑި: 28 ފެބުރުވަރީ 2016 11:30
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސްޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް މ.ދިއްގަރު ސްޕޯޓްސް އެރީނާގައި ހިމެނޭ ފުޓްސަލްދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: 368/IUL/2015/49ފ(25 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގުތައް ބޮޑެތި ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އެމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

އިދާރާގެ ޖަލްސާކުރާ މާލަމް

28 ފެބުރުވަރީ 2016

އާދީއްތަ

11:30

އަންދާސީހިސާބު ހުށަހެޅުން

އިދާރާގެ ޖަލްސާކުރާ މާލަމް

03 މާރިޗު 2016

ބުރާސްފަތި

11:00

މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

07 ޖުމާދަލްއޫލާ 1437

16 ފެބުރުވަރީ 2016